ޚަބަރު

މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި ރޯވެފައިވަނީ މަޖިލީގުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރަން ބޭނުންކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑިއެފުން މަޢުލޫމާތުދެއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިންނަށް ލިބިފައިވަނީ ދަބްވަރު 03:53 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.