ޚަބަރު

މާލެއިން ކަރަންޓް ކެނޑުނީ އިންޖީނުތަކަށް ދިމާވި މައްސަލައަކުން


މިއަދު ހަވީރު މުޅި މާލެއިން ކަރަންޓް ކެނޑެން މެދުވެރިވީ، ސްޓެލްކޯގައި ހުރި އެންމެބޮޑު 3 އިންޖީނުގެ އޮގްޒިލަރީއަށް ދިމާވި މައްސަލައަކާ ގުޅިގެން، އިންޖީނުތަކަށް ތެޔޮ ފޯރުވައިދިނުން ހުއްޓުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވީ އޮގްޒިލަރީއަށް ދިމާވީ ކޮން މައްސަލައެއްކަން ދެނެގަތުމަށް ސްޓެލްކޯގެ އިންޖިނިއަރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މާލެއިން ކަރަންޓް ކެނޑިފައިވަނީ ހަވީރު ފަހެއްޖަހާ ކަށްހާއިރު، ނަމަވެސް ސްޓެލްކޯއިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކި ސަރަޙައްދުތަކަށް ކަރަންޓް ދޭން ފަށާފައެވެ. އަދި އިރުއޮއްސި ހަތެއް ޖެހިއިރު، މުޅި މާލެއަށް ކަރަންޓްދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.