ޚަބަރު

ގއ އަތޮޅުގެ އިތުރު 3 ރަށެއްގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި


ގއ. އަތޮޅުގެ ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ދޭން އަލަށްފެށި ތިން ރަށަކީ ކޮލަމާފުއްޓާއި، ގެމަނަފުށީގެ އިތުރުން ކޫއްޑޫގައެވެ. މީގެކުރިން އެއަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެންހުރީ ހަމައެކަނި ވިލިނގިލީގައެވެ.

img:http://s4.psmnews.mv/images/660x400/15059310995818.jpg|

ކޮލަމާފުއްޓާއި ގެމަނަފުށީގައި ބޭންކްގެ ޚިދުމަތް ދިނުމަށް އެދި ރަށްރަށުގެ ރައްޔިތުން މީގެކުރީގެ ސަރުކާރުތަކުގައިވެސް ތަކުރާރުކޮށް އެދިފައިވެއެވެ. ކޮލަމާފުއްޓާއި ގެމަނަފުއްޓަކީ ރާއްޖޭގެ ނިސްބަތުން އެންމެ މަސްވެރި ރަށްރަށަށްވާތީ މިރަށްރަށުން އޭޓީއެމްގެ ޚިދުމަތް ލިބެންހުރުމަކީ ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްކަމަށް މިރަށްރަށުގެ ރައްޔިތުން ބުނެއެވެ.

މި ދެރަށުގެ އިތުރުން ދެން އޭޓީއެމްގެ ޚިދުމަތްދޭން ފެށި ކޫއްޑުއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްގަނެ އެކްސްޕޯޓްކުރާ އެއްރަށެވެ. އެންމެ ފަހުން ބޭއްވި މަސްވެރިންގެ މަހާސިންތާގައިވެސް ކޫއްޑޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމަށް އެދި މަސްވެރިން ސަރުކާރަށް ހުށަހެޅިކަން ފާހަގަކޮށްލެވެއެވެ.