ޚަބަރު

ދިވެހިރާއްޖެއާއި އެލްސަލްވެޑޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފި


ދިވެހިރާއްޖެއާއި އެލް ސަލްވެޑޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ. 

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި އެލް ސަލްވެޑޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުހައްމަދު އާސިމްއެވެ. އެލް ސަލްވެޑޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު ހޫގޯ ރޮޖަރ މާޓިނޭޒްއެވެ. 

ސިޔާސީ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ޤައުމުގެ ޚާރިޖީ ވަޒީރުންވެސް ވަނީ، މި ތާރީޚީ އެއްބަސްވުމުގެ ސަބަބުން މުހިއްމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިވެގެންދާނޭކަން ފާހަގަކުރައްވާފައެވެ. 

އަބާދީގައި 6.34 މިލިއަން މީހުން ދިރިއުޅޭ އެލް ސަލްވެޑޯއަކީ ސެންޓްރަލް އެމެރިކާގެ ޤައުމެކެވެ.