ޚަބަރު

"ހުޅުމާލޭ ހޮސްޕިޓަލުން އަންނަ މަހު ކެންސަރަށް ފަރުވާދޭންފަށާނެ"


ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރު ބަލި ދެނެގަތުމާއި އެބަލީގެ ހުރިހާ ފަރުވާއެއް ދެވޭނެ އިންތިޒާމު، އަންނަ މަހު ފަށްޓަވާނެކަން އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ. 

މިއަހަރުގެ މިހާ ހިސާބަށް އާސަދައިގެ ދަށުން ފަރުވާ ހޯދިފައިވާ މީހުންގެ ތަފާސް ހިސާބު ޙިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދަ ކޮންމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަލީ ވިދާޅުވީ، ކެންސަރު ބަލީގެ އިތުރުން ލޮލުގެ ބަލިތަކާ، ކުޑަކަމުދާ ނިޒާމުގެ ބަލިތަށް އަދި ނާރުތަކުގެ ބަލިތަކުގެ އިތުރުން ބޮޑެތި އެހެނިހެން ބަލިތަކަށް ދެވޭ ފަރުވާވެސް ހުޅުމާލޭ ހޮސްޕިޓަލުގައި މިއަހަރު ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން  އަންނަ މަހުގެ ތެރޭގައި  ކެންސަރަށް  ފަރުވާދެވޭނެ އިންތިޒާމް ޤާއިމްކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަން އޭނާ ފަހަގަކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ދާދި އަވަހަށް ކެންސަރު ބަޔަށް ފަރުވާ ދެވޭނެ ވަސީލަތް ޤާއިމް ކުރާއިރު،  މީގެ ސަބަބުން އާސަދައިގެ ދަށުން ރާއްޖެއިން ބޭއްރަށް ފޮނުވާ ބަލިމީހުންގެ ޢަދަދު އިންތިހާއަށް މަދުވެގެން ދާނެކަމަށް އާސަންދައިން މައުލޫމާތުދެއެވެ. 

ދިބެހިން އެންމެ ގިނައިން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ބަލިތަކުގެ ތެރޭގައި ކެންސަރުބަލި ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކއެވެ. އާސަންދަ ކުންފުނިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށްވެސް އާސަދައިގެ ދަށުން ކެންސަރަށް ފަރުވާ ހޯދުމައްޓަކައި ހާހަކަށް ވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.