ޚަބަރު

ޤުރުއާން ކިއެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ހުކުރުދުވަހު!


ކީރިތި ޤުރުއާން ކިއެވުމުގެ 32 ވަނަ ޤައުމީ މުބާރާތް އަންނަ ހުކުރުދުވަހުގެ ރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ. 

މި ފަހަރުގެ މުބާރާތުގައި ދުއިސައްތަ ފަންސާސް ފަސް ބައިވެރިން ވާދަކުރާނެއެވެ. 

ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހައިލައިގެންނެވެ. ޖުމްލަ ދުއިސައްތަ ފަންސާސް ފަސް ބައިވެރިންނާއި އެކު ފަށާ މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީގައި ފަސްދޮޅަސް ހަ ބައިވެރިން ވާދަކުރާނެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި ސަތޭކަ އަށްޑިހަ ނުވަ ބައިވެރިން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ. 

މި ފަހަރުގެ މުބާރާތަށް އިންސާފުކުރާނީ ހަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުގެ ކިޔެއްވުން ކުރިޔަށްދާނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ.

 ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު މިފަހަރުގެ މުބާރާތުގެ ބައިވެރިންގެ ޢަދަދު ތިރީސް އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުން ވަނަވަނަ ހާސިލުކުރާ ފަރާތްތަކަށްވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށްވެސް އިބްރާހިމް ރަޝީދު މުސާ ވިދާޅުވިއެވެ. 

މުޅި މުބާރާތުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއެއްގެ އިތުރުން އެއްވަނައަށް ދާ ކައުންސިލަކަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. 

މީގެ އިތުރުން މި ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުށައަޅާ އިނާމާއި އަދި ޤުރުއާނާބެހޭ މަރުކަޒުން ހުށައަޅާ އިނާމުވެސް ހިނެއެވެ.