ޚަބަރު

އެމްޓީސީސީއަށް އިތުރު ބާޖަކާއި ޓަގް ބޯޓެއް ގެނެސްފި


އެމްޓީސީސީގެ ލޮޖިސްޓިކް އޮޕަރޭޝަންތަކަށް އިތުރު ބާޖަކާއި ޓަގް ބޯޓެއް ގެނެސްފިއެވެ.

މިބާޖާއި ޓަގް ބޯޓު އިފްތިތާހުކުރުމަށް ތިލަފުށީގައި ބޭއްވި ރަސްމިޔާތުގައި މި ދެ އުޅަނދު އިފްތިތާހްކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ.

މިއަދު ޚިދުމަތަށް ނެރުނު "ޓެންގޯ 9" ޓަގްބޯޓަކީ 500 ހޯސްޕަވާގެ ދެ އިންޖީނުލީ އުޅަނދެކެވެ. ޓަގްބޯޓުގެ ދިގުމިނުގައި 73 ފޫޓް ހުންނައިރު ފުޅާމިނުގައި 21 ފޫޓް ހުރެއެވެ. ޚިދުމަތަށް ނެރުނު "ހިތަ" ބާޖަކީ 140 ފޫޓް ދިގު 40 ފޫޓް ފުޅާ ބާޖެކެވެ.

img:http://s3.psmnews.mv/images/660x400/15058355679924.jpg|އެމްޓީސީސީއަށް އަލަށް ގެނައި ބާޖާއި ޓަގް ބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިއުޅަނދުތަށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް ހުސެން ޒުހުރީ ވިދާޅުވީ މިއަދު ޚިދުމަތްދޭން ނެރުނު  މި ދެ އުޅަނދަކީ މިއަހަރު ބަނދެފައިވާ ދެ އުޅަނދުކަމަށެވެ. މިއާއިއެކު އެމްޓީސީސީގެ ލޮޖިސްޓްކް އޮޕަރޭޝަންތަކުގެ ސްޕީޑް އިތުރު ހަލުވިކަން ލިބިގެންދާނެކަމަށް ޒުހުރީ ވިދާޅުވިއެވެ.

އެމްޓީސީސީގެ ލޮޖުސްޓިކް އޮޕަރޭޝަންތަކުގައި މިހާރު ނުވަ ބާޖާއި ހަ ޓަގުބޯއްޓުގެ އިތުރުން އެއް ލޭންޑިން ކްރާފްޓް ބޭނުން ކުރަމުންދެއެވެ. މީގެ ތެރެއިން ހަތަރު ބާޖާއި ހަތަރު ޓަގް ބޯޓު ބޭނުން ކުރަނީ އިންޓަނޭޝަނަލް އޮޕަރޭޝަން ތަކުގައި، ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ގެނައުމަށެވެ. ބާކީ އުޅަނދުތައް ބޭނުން ކުރަމުންދަނީ ރާއްޖޭ ތެރޭގައި ހިންގާ ލޮޖިސްޓިކް އޮޕަރޭޝަންސް ތަކުގައެވެ.