ތަރައްްޤީ

ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިއްޖެ


ހއ.ދިއްދޫ ގޮޑުދޮށް ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ދިއްދޫ ހުޅަނގު ފަރާތުން 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖަހައި ހިމާޔަތްކޮށްފައިވެއެވެ. 

ހއ.ދިއްދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ދިއްދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި އެރަށުގެ ގޮޑުދޮށުން ތިންސަތޭކައެއްހާ ފޫޓުގެ ސަރަހައްދެއްވަނީ ގިރާފައެވެ.

ރަށް ގިރުމުގެ މައްސަލަ އެންމެބޮޑަށް ކުރިމަތިވެފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި، އެރަށުގައި ދޯނި ބަނުމުގެ މަސައްކަތް ކުރާ ސަރަހައްދައްވާތީ  އާއްމުންގެ ކަންބޮޑުވުންތައް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ. ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައްވަމުން އަންނައިރު ވޭތުވެދިޔަ ފަސްއަހަރުތެރޭގައި އެރަށު ގޮޑުދޮށުން ތިންސަތޭކައެއްހާ ރުއް ނެތި ގެންގޮސްފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ދިއްދޫ ގަނޑުދޮއް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 9.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔައަހަގެ އޮގަސްޓްމަހު ތެރޭގައެވެ.