ކުޅިވަރު

ލިޔޯން ބައިކޮޅަށް ވަތް ދެ ގޯލާއިއެކު ޕީއެސްޖީ މޮޅުވެއްޖެ


ލިޔޯންގެ ބައިކޮޅަށް ވަތް 2 ލަނޑުން ޕީއެސްޖީ މޮޅުވެ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ފްރާންސް ލީގުގައި ރޭ ކުޅުނު ރޭ ލިޔޯނާއި ޕީއެސްޖީގެ ކުރިމަތިލުން ޕީއެސްޖީ ކާމިޔާބުކުރީ 2-0ންނެވެ.

އޮލިމްޕިޗް ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑަކީ މެޗްގެ 75 ވަނަ މިނިޓްގައި ލިއޯންގެ މާރސެލޯ އަތުން ބައިކޮޅަށް ވަށް ލަނޑެކެވެ. 

އޭގެ 5 މިނިޓް ފަހުން ލީޑު ފުޅާ ކުރުމަށް ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ކަވާނީ ޖެހި މި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލެވިފައެއް ނުވެއެވެ. 

ޕީއެސްޖީގެ 2 ވަނަ ލަނޑުވެސް ވަދެފައިވަނީ ބައިކޮޅަށެވެ. މި ލަނޑު ވަދެފައިވަނީ ލިއޯން ޓީމުގެ ޖެރެމީ މޯރެލް އަތުންނެވެ. 

2 ޑިފެންޑަރުން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ޕީއެސްޖީއަށް ވަނީ އެއްވަނައިގައި ހަމަޖެހިލާފައެވެ. ލިއޯން އޮތީ ތާވަލްގެ 11 ޕޮއިންޓާއެކު ތަވާލްގެ 5 ވަނައިގައެވެ.