ޚަބަރު

ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްގެ އޯޕަންޑޭ ބާއްވައިފި


ފެކަލްޓި އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްއަށް 30 އަހަރު ފުރުމާއި ގުޅިގެން އެ ފެކަލްޓީގެ އޯފަންޑޭއެއް ބާއްވައިފިއެވެ.  

ފެކަލްޓި އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އިން ބުނީ މިއަހަރުގެ މި ހަރަކާތް ޚާއްސަކޮށްފައި ވަނީ ސްކޫލްތަކުން ގްރޭޑް 10 އަދި 12 ނިންމާ ދަރިވަރުންނަށް ޚައްސަކޮށްގެންކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ފެކަލްޓީގެ އެސޯސިއޭޓް ލެކްޗަރ ނަޖުމުއްﷲ ޝަރީފް ބުނީ އެ ފެކަލްޓީގެ ފަރާތުން ދަރިވަރުންނަށް ޓޫރިޒަމް ދާއިރާގެ ގިނަ މައުލޫމާތުތަކެއް ދީފައިވާކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ސްކުލްތަކާ ގުޅިގެން ދަރިވަރުންގެ ކެރިއަރ ބިލްޑް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މި ދުވަހަށްވެސް 10 ސުކޫލަކުން 500އަށް ވުރެ ގިނަކުދިން ޒިޔާރާތް ކޮށްފައިވާކަމަށް ފެކަލްޓި އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އިން މައުލޫމާތުދެއެވެ.

img:http://s1.psmnews.mv/images/660x400/15056415816776.jpg|ްއެފްއެޗްޓީއެސްގެ އޯޕަންޑޭގެ ތެރެއިން / ފޮޓޯ: އެފްއެޗްޓީއެސް

ފެކަލްޓި އޮފް ހޮސްޕިޓަލިޓީ އެން ޓްއަރިޒަމް ސްޓަޑީސްގެ އޯފަން ޑޭ ފާހަގަކުރުމުގެ ގޮތުން އެ ފެކަލްޓީގެ ސްޓޫޑެންޓް ޔޫނިއަން ގެ ފަރާތުން މޮކްޓައިލް ތައްޔާރުކުރުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސޮސައިޓީ ފޯ ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަދީސް ގެރައީސް ޔޫސުފް ނާސިމް ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްޞަދަކީ ދަރިވަރުންގެ ހުނަރު އިތުރުކުރުންކަމަށެވެ. އަދި މީގެ މުބާރާތްތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަށް ގެންދާނެކަމަށް އޭނާ ބުންޏެވެ.

މި މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށްވަނީ މި މުބާރާތުގެ މެއިން ސްޕޮންސަރ ރެޑްބުލްގެ ފަރާތުން ޓްރޮފީއާއި، ހަނދާނީ ލިޔުން އަދި ފެކަލްޓީގެ ފަރާތުން  ފައިސާގެ އިނާމް ވަނީ ދީފައެވެ.