ޚަބަރު

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ %70 ވަނީ ފިހިފަ


މއ. ފެސިނޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހަށިގަނޑުގެ ހަތްދިހަ އިންސައްތަ ފިހިފައިވާކަމަށް އައި.ޖީ.އެމްޗުން ބުނެފިއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފިޝަލަކު ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެމުން ބުނީ، ފިހިގެން ގެނައި އަންހެން މީހާގެ ހަށިގަނޑު ފިހިފައިވާ މިންވަރު ދެނެގަނެ އޭނާއަށް ފަރުވާދެމުން އަންނަކަމަށާއި، އޭނާގެ ހަށިގަނޑުގެ ހަތްދިހަ އިންސައްތަ ފިހިފައިވާކަމަށެވެ.

އެމް.އެން.ޑީ.އެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ދޮންނަ މެޝިނެއްގައި ރޯވެގެން ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިގެން ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަޙައްދަށް ދިޔައިރު، އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށާއި، އަލިފާނުގެ ސަބަބުން ޢިމާރާތަށް ބޮޑު ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.