ޚަބަރު

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުންދޭ ޚިދުމަތަށް ބަދަލެއް ނާދޭ!


ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް މިހާރު ނުލިބޭކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އާސަންދަ ކުންފުނިން ދޮގުކޮށްފިއެވެ.

އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އާސަންދައިގެދަށުން ދޭ ހުސްނުވާ އާސަންދައިގެ ޚިދުމަތް ރާއްޖެއިން ބޭރުން މިހާރު ނުލިބޭކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ. އެކުންފުނިންބުނީ، އާސަންދަ ސްކީމްގެ ދަށުން ސިއްޙީ ފަރުވާ ހޯދުމަށް އިއްޔެއާއި މިއަދުވެސް އެތައް ބަޔަކު ރާއްޖޭން ބޭރަށް ފުރާފައިވާކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ޚިދުމަތްދެމުން ގެންދާނެކަމަށެވެ.

އާންމު ރައްޔިތުންނާއި ގުޅުންހުރި މިފަދަ މުހިއްމުކަމެއްގައި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އެކުންފުނިން ވަނީ  އިލްތިމާސްކޮށްފައެވެ.