ޚަބަރު

ޕްރޮފެޝަން އެންޑް ކެރިޔާ ވުމަން އެވޯޑް 3 ފަރާތަކަށް ދީފި


ޕްރޮފެޝަން އެންޑް ކެރިޔާ ވުމަން އެވޯޑް ތިންފަރާތަކަށް ދީފިއެވެ.

ވިޔަފާރީގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ސްރީ ލަންކާގެ ވިމެން އިން މެނޭޖްމަންޓުގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގެ ޗެޕްޓަރ ހުޅުވުމަށް ހޮޓެލްޖެންގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ މި އެވޯޑްތަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާޙީމްއެވެ.

ކެރިޔާރ ރޯލްމޮޑަލް އޮފް 2017 ގެ އެވޯޑް ހާސިލްކުރެއްވީ އައިޝަތު ރަފިއްޔާއެވެ. ބިޒްނަސް ރޯލްމޮޑަލް  އޮފް 2017 ގެ އެވޯޑް ހާސިލްކުރެއްވީ ޝާއިރާ ސަލީމްއެވެ. މީގެ އިތުރުން އެންޓެޕްރްނިއަރ އޮފް 2017 ގެ އެވޯޑް ހާސިލް ކުރެއްވީ ޖުވޭރިޔާ ވަޖުދީއެވެ. އެވޯޑްތަށް ދިނުމުގެ އިތުރުން  ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮފި، ވިމް މޯލްޑިވްސްގެ އެކްސްކޯ މެންބަރުންގެ ބެޖްވެސް ވަނީ ހަވާލުކޮށްފަ. ބެޖް ހަވާލުކޮށްދެއްވީ ވިމެން އިން މެނޭޖްމަންޓުގެ ޗެއާރޕާޝަން އަދި ފައުންޑަރ މެންބަރ ޑރ. ސުލޯޗަނާ ސެގެރާއެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިސާމް އާދަމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަރަށްބޮޑުއަމާޒެއްކަމަށެވެ. އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށް މެޑަމް ފާތުމަތު އިބްރާހިމް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޔޫތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިޔާތުގައި އަންހެނުން ބާރުވެރިކުރުވުމާއިގުޅޭ ޕެނަލް ޑިސްކަޝަންއެއް ވަނީ ބާއްވާފައެވެ.