ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް ކުޅުނީ ޕްލޭސްޓޭޝަން ގޭމެއް - މޮރީނިއޯ


ޗެމްޕިއަންސް ލީގުގައި ރޭ އެފްސީ ބަސެލް އަތުން 3-0 ން މޮޅުވި ނަމަވެސް ކުޅުމާމެދު ހިތްހަމަނުޖެހުން ކޯޗު ހޯސޭ މޮރީނިއޯ ފާޅުކޮށްފިއެވެ.

މަރައުނޭ ފެލައިނީ އާއި ރޮމެލޫ ލުކާކޫ އަދި މާކަސް ރަޝްފޯޑް ޖެހި ގޯލުތަކުން މެންޗެސްޓާ ފެށުން ރަނގަޅުކުރި ނަމަވެސް މޮރީނިއޯ ބުނީ އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ފުޓްބޯޅައެއް ކުޅެފައިނުވާ ކަމަށެވެ.

ހާއްސަކޮށް މެޗުގެ ފުރަތަމަ ދެ ގޯލަށް ފަހު ދެން ފެނުނީ ވަރަށް ފަރުވާކުޑަ ކުޅުމެއް ކަމަށާއި، އޭނާ ސިފަކުރާނީ އެއީ ޕްލޭސްޓޭޝަން ބޭނުންކޮށްގެން މީހުން ކުޅޭ މެޗެއްގެ ގޮތުގައި ކަމަށެވެ. މޮރީނިއޯ ބުނީ ފުރަތަމަ ދެ ގޯލަށް ފަހު ދެން ފެނުނީ ވަރަށް ފަރުވާކުޑަ ކުޅުމެއް ކަމަށާއި ޗެމްޕިއަންސް ލީގުގައި ދެ ގޯލެއް ޖެހުމުން ފަސޭހަކޮށްލާނަމަ ލަނޑުލިބިދާނެކަން ކުރިއަށް ހުރި މެޗުތަކުގައި ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.