ކުޅިވަރު

ބާސެލޯނާ އަށް ބޮޑު މޮޅެއް، ބުފަން އަށް ރެކޯޑެއް


ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އަތުން 3-0 ން ބާސެލޯނާ މޮޅުވި މެޗުގައި ޔުވެންޓަސްގެ ކީޕަރު ޖިއާން ލުއިޖީ ބުފަން މުބާރާތުގެ ރެކޯޑެއް ހަދައިފިއެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ތިނަ ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ލަޔޮނަލް މެސީއެވެ. އަނެއް ލަނޑު ޖެހީ އިވާން ރަކިޓިކްއެވެ. މެސީގެ ދެ ލަނޑާއެކު އޭނާ ވެފައިވަނީ މުބާރާތުގެ ތާރީހުގައި ތަފާތު 27 ކުލަބެއްގެ ކޮޅަށް ލަނޑު ޖެހި ހަތް ވަނަ ކުޅުންތެރިޔާ އަށެވެ.

މެޗުގައި ޔުވެންޓަސްގެ ކީޕަރު ބުފަންގެ ގޯލަށް ތިން ބޯޅަ ވަން ނަމަވެސް އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުނު އިޓަލީގެ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. އިޓަލީގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީ ހަދާފައިވާ 109 މެޗުގެ ރެކޯޑާ ބުފަން ހަމަހަމަކުރީ ރޭގެ މެޗާއެކުއެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު އެސްޓޯނިއޯ ވަލްވާޑޭ ބުނީ ޔުވެންޓަސް ކޮޅަށް ތިން ލަނޑު ޖެހުމަކީ ހުސްވި ސީޒަނުގެ ބަދަލު ހިފުމެއްނޫން ކަމަށާއި، އަދި އެއީ ކުރަން އެހާ ފަސޭހަ ކަމެއްވެސްނޫން ކަމަށެވެ. ނަމަވެސް ބާސެލޯނާ މިހާރު ދައްކަމުން އަންނަ ފޯމާމެދު އޭނާ ވަރަށް ބޮޑަަށް ހިތްހަމަޖެހޭ ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި މެސީ ޖެހި ގޯލާއެކު މެޗު ވަރަށް ބޮޑަށް ބަދަލުވެގެންދިޔަ ކަމަށާއި ފަހުހާފުގައި އޭނާ އުއްމީދު ކުރިވަރުގެ ކުޅުމެއް ޔުވެންޓަސް އަށް ނުދެއްކުނު ކަމަށެވެ.