ސިޔާސީ

"ޕާޓީތަކުން ގުޅިގެން ނެރުނު ބަޔާނުގައި ޕީޕިއެމްގެ ދައުރެއް ނެތް"


54 ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރި ކުރުމާއި ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ނެރުނު ނުސްބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނާފައިވާތީ އެކަން ޕީޕީއެމްއިން ކުއްވެރިކޮށްފިއެވެ.

އެކަން ކުއްވެރިކޮށް ޕީޕީއެމްއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބްރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް ޢަބްދުﷲ ވިދާޅުވީ ނޫސްބަޔާން ޝާޢިއުކޮށްފައިވަނީ އެމްޑީޕީގެ ވެބްސައިޓްގަކަމަށާއި އެ ނޫސްބަޔާން ނެރުމުގައި ޕީޕީއެމްވެސް ޝާމިލްވެފައިވާކަމަށް ލިޔެފަވާކަމަށެވެ. ނަމަވެސް އެކަމުގައި ޕީޕީއެމްގެ އެއްވެސްވަރެއްގެ ބައިވެރިވުމެއް ނޫވާނެކަމަށާ، ހުއްދަޔަކާނުލާއި ޕީޕީއެމްގެ ނަން ބޭނުން ނުކުރުމަށް އަބްދުރަހީމް  ގޮވާލެއްވިއެވެ. އަދި ޕީޕީއެމްގެ ނަން އަބުރާ ނެގުމަށް މިއަދުގެ ތިނެއްޖެހުމާއި ހަމަޔަށް ސުންގަޑިއެއްދީ އެމްޑީޕީއަށް ސީޓީއަކުން އެކަން އަންގާފައިވާކަމަށާއި މި ސިޓީގެ ކޮޕީ އިލެކްޝަން ކޮމިޝަނަށާއި ޖުމުހުރީޕާޓީގެ އިތުރުން އަދާލަތުޕާތީޔަށާއި ކުރީގެ ރައީސް މައުމޫނަށް ވެސް ފޮނުވާފައިވާނެކަމަށް އަބްދުރަޙީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބްރައިސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދަޅުވީ ނަން ބޭނުންކުރުމުގެ މައްސަލަތަށް ތަކުރާރު ނުކުރުމަށް ގޮވާލާކަމަށާއި ދީފައިވާ މުހުލަތަށް ނަން ނުނަގައިފިނަމަ ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތަށް ފުރިހަމަ ކުރާނެކަމަށެވެ.