ޚަބަރު

ތެޔޮ ފީފާއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ


އެމްޕީއެލްގެ ވޯކްޝޮޕްގައި ތެޔޮ އަޅާފައި ހުރި ފީފާއެއްގައި ރޯވެ ހިނގި ހާދިސާއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ހާދިސާގައި މި މީހާގެ ހަށިގަނޑުގެ 20 ޕަސެންޓް ފިހިފައިވާކަމަށާ ނަމަވެސް ފުރާނައަށް ގެއްލުންވާވަރުގެ ސީރިއަށް އަނިޔާތަކެއް ވެފައި ނުވާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މި ހާދިސާ ހިނގާފައިވަނީ ވޯކްޝޮޕްގައި ހުރި ކުރިން ތެޔޮ އަޅާފައިވާ ފީފާއެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާ ހިނގިއިރު ފީފާގައި ކޮންމެވެސް ވަރަކަށް ތެޔޮ ހުރިކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

މި ހާދިސާ ހިނގިގޮތް ތަހްގީގް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމް.ޕީ.އެލް ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި. މިހާދިސާގައި އެކަކަށް އަނިޔާވެ، އޭނާ އަށް އައި.ޖީ.އެމް.އެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެމް.ޕީ.އެލްގެ އިންފޮމޭޝަން އޮފިސަރ މުޙައްމަދު އަމީޒު ވިދާޅުވީ ފަރުވާ ދެމުންދާ މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި، ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށެވެ. މި ހާދިސާ ހިނގިކަމަށް ބެލެވެނީ ވޯކްޝޮޕްގައި ހުރި ކުރިން ބޭނުންކުރި ތެޔޮ ފީފާ އެއްގައި އަލިފާން ރޯވެގެންކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ހާދިސާ ހިނގުމާއެކު ފުލުހުން އެ ސަރަޙައްދަށް ގޮސް، ތަހުޤީގު ކުރަމުންދާއިރު، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މި ހާދިސާ ހިނގިގޮތް މިހާރު އިތުރަށް ބަލަމުންދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.