ޚަބަރު

ދެ ކެޓަގަރީއަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފި


ކެޓަގަރީ އެކެއް އަދި ކެޓަގަރީ ދޭއްގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވުނު ފަރާތްތަކުގެ ފޯމް ނަންބަރުތައް އިނގޭނެގޮތަށް ލިސްޓް އާއްމުކޮށްފިއެވެ.

މި ފްލެޓަތަކަކީ ސަރުކާރުގެ "ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން މާލޭގެ ރަށްވެހިންނަށާއި، މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ ފްލެޓްތަކެކެވެ.

ފްލެޓަށް ހޮވިފައިވަނީ ފޯމްހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކެވެ. ކެޓަގަރީ އެކަކަކުން 500 ފަރާތަށް ފްލެޓް ލިބިފައިވާއިރު، ކެޓަގަރީ ދޭކުން 161 ފަރާތަށް ވަނީ ފްލެޓް ލިބިފައެވެ. ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް، މިނިސްޓްރީގެ ވެބްސައިޓާއި، މިނިސްޓްރީގެ ނޯޓިސް ބޯޑުގައި އާއްމުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީންވަނީ މިކަމާއި ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ، ހުށައެޅޭ ޝަކުވާއަށްބަލައި އުނިއިތުރެއް ގެންނަންޖެހިއްޖެނަމަ އެ ބަދަލު ގެނައުމަށްފަހު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.