ކުޅިވަރު

މިލަންދޫ އަތުން ނިއުއަށް އުނދަގޫ މޮޅެއް!


ށ.މިލަންދޫ އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މިލަންދޫ ވާދަކުރި މެޗު ނިއު ކާމިޔާބުކުރީ 1-0ގެ ހަނި ތަފާތަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. އެހެންނަމަވެސް ނިއުރޭޑިއަންޓަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން އަލީ އަޝްފާގު، އެދްރިއަން ގަލާޑޯ، އިބްރާހިމް ފަޒީލް އަދި ހުސައިން އެލްދޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. 

މެޗުގެ ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން ގޯލް ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން. މި ޕެނަލްޓީއަކީ ނިއުރޭޑިއަންޓްގެ ހަމްޒާ މުޙައްމަދަށް މިލަންދޫގެ އިބްރާހިމް ސައީދު ކުރި ފައުލަކާއި ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް ނިއުރޭޑިއަންޓްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެދްރިއަން ގަލާޑޯއެވެ. 

ގިނަ ފައުލްތަކެއް ފެނުނު މި މެޗުގައި ނިއުރޭޑިއަންޓުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މިރޭގެ މެޗަކީ މާލޭ ލީގުގެ މެޗެއްގައި އަނިޔާވި އިމްރާން ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. 

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުވަނީ ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެއް މެޗު އިތުރަށް ކުޅެ ނިއުއަށް ބާރަ ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނައިގައި އޮތް މާޒިޔާ މިރޭ ގްރީން ސްޓްރީޓްސް އަތުން މޮޅުވެއްޖެނަމަ އެޓީމަށް އަނބުރާ ތާވަލްގެ އެއްވަނަ ޖެހިލާނެއެވެ.