ތަރައްްޤީ

ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަޅާ އައު ރަންވޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓުގައި އަޅާ އާ ރަންވޭއަކީ 3400 މީޓަރު ދިގު 65 މީޓަރު ފުޅާ ރަންވޭއެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގައި މިވަގުތު ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ތަކުގެތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުތެރޭގައި ރަންވޭގެ މަސައްކަތުގެ އިތުރުން އާ ޓާމިނަލްއާއި އެއަރޕޯޓުންދޭ ޚިދުމަތްތައް ފުޅާކުރުންހިމެނެއެވެ. އެގޮތުން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އެއަރޕޯޓްގެ ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރަމުންދަނީ އެއާރޕޯޓުގެ އާ ރަންވޭ އެޅުމުގެ މަސައްކަތެވެ. ރަންވޭގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ ކުރިން އަޅާ ސަބް-ބޭސް ފަށަލައިގެ މަސައްކަތް ނިންމައި މިހާރުވަނީ ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ލޭޔަރގެ ފުރަތަމަ ލޭޔަ އެޅުމުގެ މަސައްކަތް ފަށާފައެވެ.

ރަންވޭގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މޭނޭޖިނގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އާ ރަންވޭ ތަރައްޤީ ކުރަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ރަންވޭ ތަރައްޤީކުރާ މިންގަޑުތަކާއި އެއް ފެންވަރެއްގައިކަމަށެވެ.

އަލަށް އަޅާ ރަންވޭއަކީ 3400 މީޓަރު ދިގު 64 މީޓަރުގެ ފުޅާ ރަންވޭއެކެވެ. އަލަށް ހަދާ ރަންވޭ ހަދަނީ އެންމެބޮޑެތި އޭ ތްރީ އެއިޓީގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ. ރަންވޭގެ ފުރަތަމަ ލޭއަރގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ، އަދި ލޭޔަރތައް އަޅަނީ ފެން ހަރުލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެންކަމަށް އެމްއޭސީއެއްއިން ބުނެއެވެ.

ރަންވޭގައި ޖުމްލަ 6 ލޭޔަރ އެޅުމަށް ހަމަޖެހިފައިވާއިރު ތާރުގެ 4 ލޭޔަރ އަޅާނެއެވެ. އާރަންވޭ ބޭނުން ކުރަންފެށުމުން ފްލައިޓްތައް ޕާކުކުރަން މިހާރު ނަގާ ވަގުތު އެތައް ގުނައަކަށް ކުޑަވެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތްކުރަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.