ޚަބަރު

ރޮހިންޔާ މުސްލިމުންނަށްދޭ އެހީ ވިލަރެސް ކުރަން ޚާއްޞަ ކޮމެޓީއެއް


ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމައްޓާކައި ސަރުކާރުން ޙާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މިއީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ރައްޖޭގެ ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަށް ވެލަރެސްކޮށް މޮނީޓަރ ކުރުމަށް އުފެއްދެވި ކޮމެޓީއެކެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންވަނީ ޑިފެންސް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި ހޯމްމިނިސްޓްރީއާއި ޑިސާރސްޓަރ މެނޭޖްމަންޓް ސެންޓަރގެ އިތުރުން ޕީއެސްއެމް ތަމްސީލް ކުރައްވާ ބޭފުޅުންނެވެ.

ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމެޓީންވަނީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ހާމަކޮށްފައެވެ. އެގޮތުން ހަރަކާތްތައް ވިލަރެސް ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން ހޮޓްލައިނެއް ޤައިމްކޮށްފަވާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާ އިސްލާމިކް ބޭންކާ ގުޅިގެން ފައިސާ ޖަމާ ކުރުމަށްޓަކައި ހާއްސަ އެކައުންޓެއް އެކުލަވާލުމަށްވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުން މަހުގެ 21 އިން 23 އަށް ހުރިހާ މީޑިޔާތައް ގުޅިގެން ޓެލެތޯން ކުރިއަށް ގެންދިއުމަށްވަނީ ނިންމާވާފައެވެ. އަދި ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް ބޭނުންވާ ބައެއް ކަންކަން ފަހިކޮށްދިނުމަށްވެސް ވިލަރެސް ކުރާ ކޮމެޓީން ވަނީ ނިންމާފައިވެއެވެ. މިޔަންމާގެ ރޮހިންޔާ މުސްލިމުންދާ ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، ރާއްޖެއިންވަނީ އެޤައުމާއެކު އޮތް ވިޔަފާރިގެ ގުޅުން ކަނޑާލާފައެވެ. އަދި ރޮހިންޔާ މުސްލިމުންގެ ހައްޤުތައް ހިމާޔާތްކޮށް އެމީހުންނަށް ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ސަރުކާރާއި ދިވެހި ރައްޔިތުންދަނީ އަޑުއުފުލަމުންނެވެ.