ކުޅިވަރު

މޮރާޓާއަށް ސަޕޯޓަރުން ކިޔާ ލަވަ ހުއްޓާލަން ކުލަބުން އެދިއްޖެ


ޗެލްސީގެ ސްޕޭން ފޯވަޑް އަލްވާރޯ މޮރާޓާ އަށް ނިސްބަތްކޮށް ކިޔަމުން އަންނަ ލަވަކިއުން ހުއްޓާލަން ސަޕޯޓަރުންނަށް ކުލަބުން ގޮވާލައިފިއެވެ.

ޗެލްސީން ނެރެފައިވާ ނޫސްބަޔާނުގައިވަނީ މޮރާޓާ އަށް އަމާޒުކޮށް ކިޔާ ލަވަ އެކުލެވިގެންވަނީ އަހުލާގީ ގޮތުން އެކަށީގެންނުވާ ބަސްތަކެއް ބޭނުންކޮށްގެން ކަމަށާއި ލަވައިން ބުނެދޭ ވާހަކަތައް އަހުލާގީ އިމުން ބޭރުވާ ކަމަށެވެ

މީގެ އިތުރުން މިލަވަ ކިއުމަށް މޮރާޓާ ވެސް ހިތްހަމަނުޖެހޭ ކަމަށާއި އެއްވެސް މީހަކު ހިތްހަމަނުޖެހޭ އިބާރާތްކުން އެމީހަކަށް މުހާތަބް ކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ.

75 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑުން މި ސީޒަނުގައި ޗެލްސީ އަށް ގެނައި މޮރާޓާ ދަނީ ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ލެސްޓާ ސިޓީއަތުން ރޭ ޗެލްސީ 2-1އިން މޮޅުވި މެޗުގައި ވެސް ގޯލު ޖަހާފައެވެ. މިއީ ޗެލްސީގެ ޖާޒީގައި އޭނާ ޖެހި ތިން ވަނަ ގޯލެވެ.