ތަރައްްޤީ

މެކްގެ ފަރާތުން ޚާއްސަ އަރޓް އެގްޒިބިޝަންއެއް ބާއްވައިފި


މޯލްޑިވިއަން އަރޓް ކޮމިޔުނިޓީ، މެކްގެ ފަރާތުން "ދި އެނުއަލް އަރޓް އެކްޒިބިޝަން" ގެ ނަމުގައި ޚާއްސަ އެގްޒިބިޝަންއެއް ބާއްވައިފިއެވެ.

16 އަހަރާ 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މި އެގްޒިބިޝަންގައި، މެކް ގެ ފަރާތުން އެރުވި "ދި މޯސްޓް ވައިބްރޭންޓް އާރޓިސްޓް އޮފް ދަ އިޔަރ" ގެ އެވޯރޑް ހާސިލް ކުރީ މުސްތަފާ މުޙައްމަދުއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި އެގްޒިބިޝަންގައި ބައިވެރި ވުމަށް 180 ފަރާތަކުން ފޯމު ހުށައަޅާފައިވާއިރު، މިފަހަރުގެ އެކްޒިބިޝަންގައި ބައިވެރި ކޮށްފައިވަނީ މީގެ ތެރެއިން ހޮވާލެވުނު 50 ބައިވެރިންނެވެ.

މިއީ މެކް އިން އިންތިޒާމް ކޮށްގެން މިފަދަ އެނުއަލް އަރޓް އެގްޒިބިޝަނެއް ބޭއްވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ އެގްޒިބިޝަންތައް ބޭއްވުމަށް ރާވާފައިވާކަމަށް މެކްއިން ބުނެއެވެ.