ޚަބަރު

ޔުނިސެފުގެ އައު ސަފީރު ފަތްކޮޅު އަރުވައިފި


ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް، ޔުނިސެފުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުހައްމަދު އަލް މުނީރު ސަފީލްދީން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ މުހައްމަދު އާސިމަށް އަރުވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޚާރިޖީ ވަޒީރު މުޙަންމަދު އާސިމް ވަނީ ޔުނިސެފްގެ ސަފީރަށް މަރުޙަބާ ދަންނަވާފައެވެ. އަދި ޔުނިސެފްގެ އޮފީހެއް 1978 ވަނަ އަހަރު ރާއްޖޭގައި ޤާއިމު ކުރި ފަހުން، ޔުނިސެފުން ރާއްޖޭގައި އަދާކުރަމުންދާ މުހިއްމު ދައުރަށް ޑރ.އާސިމް ޝުކުރު އަދާކުރެއްވިއެވެ.

ޑރ.އާސިމް ވަނީ، ކުރިޔަށްއޮތް ތަނުގައިވެސް ޔުނިސެފުން ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް، ވަކިން ޚާއްސަކޮށް ތަޢުލީމީ ދާއިރާއާއި، އަންހުނުންނާއި ކުޑަކުދިންނާ ގުޅުންހުރި ދާއިރާތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.