ޓުއަރިޒަމް

ގެސްޓްހައުސް ކޮންފަރެންސް ޕެރަޑައިސްގައި ބާއްވަން ހަމަޖައްސައިފި


މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކޮށްގެން ބާއްވާ ގެސްޓްހައުސް ކޮންފަރެންސް ޕެރަޑައިސް އައިލެންޓް ރިސޯޓް އެންޑް ސްޕާގައި ބާއްވަން ހަމަޖައްސައިފިއެވެ.

ސެޕްޓެމްބަރުމަހުގެ ތޭވީހުގައި ބާއްވާ ގެސްޓްހައުސް ކޮންފަރެންސަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް އިންތިޒާމް ކުރާ، މޯލްޑިވްސް ގެޓަވޭޒްއިން ބުނީ މިއަހަރުގެ ކޮންފަރެންސްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތްކުރާ، ދުއިސައްތައަށް ވުރެގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ. ގެސްޓްހައުސް ކޮންފަރެންސްގައި ވިޔަފާރި އާއި ނެޓްވޯކިންގް ބައްދަލުވުންތަކާއި އެޑިއުކޭޝަން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން ހާމަކުރެއެވެ.

މިއީ މޯލްޑިވްސް ގެޓަވޭސްއިން ގެސްޓްހައުސް ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ. މިފަހަރުގެ ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.