ޚަބަރު

ހާރޓް ފެޑަރޭޝަންގެ މެންބަރަކަށް ޓައިނީ ހާރޓްސް އިންތިޚާބުވެއްޖެ


ވޯލްޑް ހާރޓް ފެޑަރޭޝަންގެ މެންބަރަކަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިންތިޚާބުވެއްޖެއެވެ. ވޯލްޑް ހާރޓް ފެޑަރޭޝަންއަކީ ހިތާއި ލޭނާރުތަކުގެ ބަލިތަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި އެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްއްޔާއެކެވެ.

ވޯލްޑް ހާރޓް ފެޑަރޭޝަންގެ މެންބަރަކަށް ޓައިނީ ހާރޓްސް އިންތިޚާބުވެފައިވަނީ ޖުލައިމަހުގެ ތެރޭގައެވެ. ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނަރަލް ޖީހާން މަހްމޫދު ވިދާޅުވީ މިކަމާއެކު ޤައުމަށް އެންމެ ބޭނުންހުރި ގޮތުގައި މި ފުރުޞަތުގެ ބޭނުންހިފާނެކަމަށެވެ. އެގޮތުން 2017 އިން 2019 އަށް އެ ޖަމިއްޔާއިން މަސައްކަތްކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާ، ޖަމްޢިއްޔާގެ އަސާސީ ޤަވައިދު 2017 ވަނަ އަހަރުންފެށިގެން އިތުރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން އަންނަނީ އުފެދުމުގައި ހިތުގައި އުނިކަން ހުންނަ ކުދިންގެ ހައްޤުޤައި ގިނަ މަސައްކަތްތަކެއްކޮށް، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އެކުންދިންގެ އަޑުއުފުލަމުންނެވެ. އަދި މިކަމާއި ގުޅޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުވުމަށް ވެސް އެ ޖަމްޢިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.