ކުޅިވަރު

މުބާރާތް ނުފަށަނީސް ޒުވާން ޓީމް ސެމީ ފައިނަލަށް!


އެއްވެސް މެޗެއް ނުކުޅެ ނަވަރާ އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެއަށް ޖާގައެއް ލިބިއްޖެއެވެ. 

ރާއްޖެއަށް ސެމީގެ ޖާގަ ލިބުނީ ރާއްޖެއާއި އެކު އެއް ގުރޫޕެއްގައި ވާދަކުރާ ސްރީލަންކާ މުބާރާތުގައި ބައިވެރި ނުވާން ނިންމުމުންނެވެ. ތިން ޤައުމު ހިމެނޭ ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ނޭޕާލެވެ. 

ސްރީ ލަންކާ މުބާރާތުން ވަކިވާން ނިންމި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. 

އެހެން އަހަރުތަކާ ހިލާފަށް މި މުބާރާތުގައި މިފަހަރު ބައިވެރިވީ ހަ ޓީމެވެ. ޕާކިސްތާން މުބާރާތުގައި ބައިވެރި ނުވުމުން، ދެ ގްރޫޕަކަށް ޓީމްތައް ވަނީ ބަހާލާފެވެ. ދިވެހި ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތީ ސްރީ ލަންކާ އާއި ނޭޕާލެވެ. 

ސްރީލަންކާ މުބާރާތުގައި ބައިވެރިނުވާން ނިންމުމުން، ސެމީގެ ކުރިން ރާއްޖެއިން ނޭޕާލާ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ސެމީ ފައިނަލަށް އެއްވަނަ ޓީމާ ދެވަނަ ޓީމް ކަނޑައެޅުމަށް ކުޅޭ މެޗެވެ. 

މި ފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޫޓާންގައެވެ.