ކުޅިވަރު

ފެޑެރާ ކަޓައި ނަދާލް ސެމީއަށް


ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ރޮޖަރ ފެޑެރަ ކަޓާ، ރަފައެލް ނަދާލް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. 

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަދި ވިމްބަލްޑަންގެ ޗެމްޕިއަން ރޮޖަރ ފެޑެރާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ކެޓީ ކުއާޓަރ ފައިނަލްގައި ހުއާން މާޓިން ޑެލް ޕޮޓްރޯ އަތުން ބަލިވެގެންނެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މެޗު ޑެލް ޕޮޓްރޯ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ 5-7, 6-3, 6-7, 4-6 ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. 

ސެމީ ފައިނަލްގައި ޑެލް ޕޮޓްރޯ ނިކުންނާނީ ރަފައެލް ނަދާލްއާއެވެ. ސްޕެއިންގެ ރަފައެލް ނަދާލް ސެމީ ފައިނަލުން ޖާގަ ހޯދީ ރަޝިޔާގެ އަންދްރޭ ރުބްލޭވްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިގެންނެވެ. 

މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ މުޅިން އެމެރިކާގެ ކުޅުންތެރިންނެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވީނަސް ވިލިއަމްސް ނިކުންނާނީ ސްލޯނޭ ސްޓެފަންސްއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި މެޑިސަން ކީސް ނިކުންނާނީ ކޮކޯ ވެންޑަވޭއާއި ދެކޮޅަށެވެ. 

މިއީ 1981ވަނަ އަހަރުގެ ފަހުން މުބާރާތް ބާއްވާ ގައުމުގެ ހަތަރު ކުޅުންތެރިން އަންހެން ސިންގަލްސް ސެމީ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.