ކުޅިވަރު

އެމްބާޕޭ ހުނަރާއި ގާބިލްކަމަށް ޝައްކެއް ނުކުރަން - ކޯޗު އެމްރީ


އެމްބާޕޭގެ ހުނަރާއި މެދު ޝައްކު ނުކުރާކަމަށާއި، މާދަމާރޭ ލީގުގައި މެޓްޒާއި ދެކޮޅަށް ކުޅޭ މެޗުގައި ފޯވާޑްކައިލަން އެމްބާޕޭ ފެންނާނެކަމަށް ކޯޗު އުނެ އެމްރީ ބުނެފިއެވެ. 

ފްރާންސްގެ މޮނާކޯއިން ޕީއެސްޖީއަށް ބަދަލްވިފަހުން މޮނާކޯގެ ޖާރޒީގައި އެމްބާޕޭ އަދި ކުޅެފައެއް ނުވެއެވެ.

ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްޕާބޭ ދައްކާލުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ބުނީ އެމްބާޕޭއާއިއެކު ޓީމްގެ އެޓޭކް ވަރުގަދަވާނެކަމަށާއި، ޒުވާން ކުޅުންތެރިޔާ މިދިޔަ ސީޒަންގައި ދެއްކިކުޅުމަށްވުރެ މޮޅު ކުޅުމެއް މިއަހަރު ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ. 

އެމްރީ ބުނީ ޒުވާން އުމުރުގައިވެސް އެމްބާޕޭގެ ހުނަރާއި ވިސްނުމަކީ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ފެންނަ ފަދަ ކަންތައްތަކެއްކަމަށެވެ. އެހެންކަމުން އޭނާއަށް ޓީމަށްހޭނެން ގިނަ ވަގުތުތަކެއް ނުނަގާނެކަމަށްވެސް އެމްރީ ބުންޏެވެ. 

"އޭނާގެ ހުނަރާއިމެދު ޝައްކެއް ނެތް، ހޯމަ ދުވަހުން ފެށިގެން ޕްރެކްޓިސް ކުރަމުން އެ އަންނަނީ، މާދަމޭގެ މެޗުގައި އެމްބާޕޭ ފެންނާނެ" ކޯޗު އެމްރީ ބުންޏެވެ.

18 އަހަރުގެ އެމްބާޕޭ މޮނާކޯއިން ޕީއެސްޖީއަށް ބަދަލްވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީވަނީ ލީގުގައި މިހާތަނަށް ތިން މެޗު ކާމިޔާބުކޮށްފައެވެ. ތިން މެޗުންވެސް މޮޅުވެފައިވާއިރު، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާވަނީ ތިން މެޗުގައިވެސް ކުޅެފައެވެ.