ކުޅިވަރު

މާދަމާގެ ފައިނަލްގައި ޓައިޓޭންސްއާއި ސައިކްލޯން ބާސްކެޓް ކްލަބް


އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލުން ޓައިޓޭންސް ސްޕޯރޓްސް ކްލަބާއި، ސައިކްލޯން ބާސްކެޓް ކްލަބް ޖާގަ ހޯދައިފިއެވެ. 

ސައިކްލޯން ބާސްކެޓް ކްލަބް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 103 ޕޮއިންޓްގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. އެއީ 112 ޕޮއިންޓް، 09 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސައިކްލޯން ބާސްކެޓް ކްލަބްގެ ފާޠިމަތު ރިޝްމާއެވެ. މެޗުގައި އޭނާ 21 ޕޮއިންޓް ހޯދާދިނެވެ. 

img:http://s3.psmnews.mv/images/660x400/15047576145760.jpg|ސެމީފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ޝިއުރާ

ފައިނަލްގެ ފުރަތަމަ ޖާގަ އިއްޔެ ހަވީރު ކަށަވަރުކުރީ ޓައިޓޭންސް ސްޕޯރޓްސް ކްލަބްއެވެ. އެއީ ސެމީފައިނަލްގައި ޓީރެކްސްއާއި ވާދަކޮށް 76 ޕޮއިންޓް 15 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓައިޓޭންސްއަށް 24 ޕޮއިންޓް ހޯދާދިން އައިމިނަތު ޝިއުރާއެވެ. ޓައިޓޭންސް ސްޕޯރޓްސް ކްލަބާއި، ސައިކްލޯން ބާސްކެޓް ކްލަބް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރެވެ.