ޚަބަރު

އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކޮށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އަންނަ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވެލް 2، ސެޓފިކެޓްލެވެލް 3، އެޑްވާންސް ސެތްފިކެޓް، ޑިޕްލޮމާ، ބެޗަލަރޒް ޑިގްރީ އަދި މާސްޓާރސް ލެވެލްގެ ކޯސްތަށް ހިމެނޭކަމަށް ޤައުމީ ޔުނިވާރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރު ޖުމްލަ 5315 ޖާގައާކު 122 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކޯސްތަކުގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަން ލެވެލް ގެ ކޯސްތަކަށް 395 ޖާގައާއި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ 1455 ޖާގައާއި ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ ލެވެލްގެ 580 ޖާގައާއި، ބެޗްލާޒް ޑިގްރީގެ 2045 ޖާގައާއި މާސްޓަރސް ޑިގްރީގެ 430 ޖާގައެވެ. މީގެ އިތުރުން އައުޓް ރީޗް ސެންޓަރު ތަކުން ތަފާތު އެކި ދާއިރާތަކުން ހިންގާ ކޯސްތަކށް ވަނުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ. 

މިއަދު އިއުލާންކުރި ކޯސްތަކަށް ވަންނަން ފޯރމު ހުށައެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް ހުށައެޅުމުގެ ފުރުސަތާއެކު، ޔުނިވަރސިޓީގެ ސްކޮލަރސިޕްއަށް އެދުމުގެ ފުރުސަތުވެސް ހުޅިވިފައިވާ ކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.