ތަރައްްޤީ

ސިފައިންގެ މީހަކު ވަޒީފާއިން ވަކިނުކުރޭ- އެމްއެންޑިއެފް


ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރު އެމް.އެން.ޑީ.އެފުން ދޮގުކޮށްފިއެވެ.

ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅެއް ރިކޯޓްކޮށް ލީކް ކޮށްލިކަމަށް ބުނެ އެން.އެން.ޑީ.އެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ގެންދަނީ ޚަބަރު ފަތުރަމުންނެވެ. އެމް.އެން.ޑީ.އެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވި ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.

ޑިފެންސް މިނިސްޓަރ އެސް.ޕީ.ޖީ އާ ބައްދަލުކޮށް ދެއްކެވި ވާހަކަތަކެއް މީޑިއާގައި ޢާންމުކުރިކަމަށް ބުނެ އެސް.ޕީ.ޖީގެ ސިފައިން، ސިފައިންގޭގައި ބަންދުކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރިން ވަނީ ޚަބަރު ފަތުރާފައެވެ. އެހެންނަމަވެސް އެމް.އެން.ޑީ.އެފުން ވަނީ އެކަންވެސް ދޮގުކޮށްފައި. ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިތުބާރު ގެއްލޭގޮތަށް މިފަދަ ދޮގު ޚަބަރު ނުފެތުރުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސްކުރެއެވެ.