ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކު އައްޔަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަން ދިރާސާ ކުރުމަށް ކަމާގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ނަން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާފައިވަނީ މިއަދުބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާގައެވެ.
އެގޮތުން ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މ.ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފްގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެކަމާގުޅުން ހުރި ދާއިމީ ކޮމެޓީއަށްވަނީ ފޮނުވާފައެވެ.