ޚަބަރު

އުދައަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އުދަ އަރަމުންދާތީ، ރައްޔިތުން ސަމާލުވެތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

މިހާތަނަށް ކ.ގުޅިއާއި ލ.މާބައިދޫއަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ އެމް.އެން.ޑީ.އެފާއި އެ އަތޮޅުތަކުގެ ކައުންސިލް ގުޅިގެން އެ ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް މާބައިދޫއިން ކަރަންޓު ކަނޑާލާފައިވާކަމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ގިނަ ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު ބޮޑުވާނެތީ އެކަމަށް ސަމާލުވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި އުޅަނދުފަހަރު ޕާކު ނުކުރުމަށާއި، ގޭގެއާއި ޢިމާރާތްތަކުގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައި، ލޮނުގަނޑު ނުވަންނާނޭހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުޞަތު ބޮޑު ނަމަވެސް ކަނޑުދަތުރުކުރާ ފަރާތްތަކަށް ނުރައްކަލެއް ނެތްކަމަށާއި، އުތުރާއި މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވެ، ވައި މަޑުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.