ޚަބަރު

އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި


ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން އަދި ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. 

އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕް އަދި ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކުރީ އެމްޑަބްލިއުއެސްސީގެ ބާވީސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، އެކުންފުނީގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ކުންފުނީގެ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕް، މިހާރު ޕްލޭ ސްޓޯ، އަދި އެޕް ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ. އެމްޑަބްލިއުއެސްސީން ވަނީ ފެން މީޓަރުގެ ރީޑިންގ ނަގައި ވަގުތުން ކަސްޓަމަރަށް ބިލް ހަވާލުކުރެވޭ ނިޒާމްވެސް ތައާރަފްކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ބިލް ޗާޕްކުރުމަށް ދާ ޚަރަދު ކުޑަކުރެވި، ކަސްޓަމަރުންނަށް ވަގުތުން ބިލް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނޭކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.