ޚަބަރު

އދ.ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން ހުކުމްކޮށްފި


ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ކުއްޔައްދީފައިވާ އދ.ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާއަށްވާ ފައިސާ މީރާއަށް ދައްކާ ޚަލާޞްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. 

ރީޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗައް ކޮށްފައިވާ ހުކުމްގައި، އެއްމަސްދުވަސް ތެރޭގައި ޖޫރިމަނާއެކު ޖުމްލަ އެއްލައްކަ ހަތްދިހަ ހާސް އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކާ ހަލާސްކުރުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ޓޫރިޒަމް ރިޒޯޓް ނުވަތަ ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް، ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާ އިތުރު 15 ފަރާތެއްގެ މައްސަލަ މިހާރުވެސް ސިވިލްކޯޓަށް ހުށައަޅާފައިވާކަމަށް މީރާއިން ބުނެއެވެ.