ޚަބަރު

އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވައިފި


އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ކުރެވިފައިވާ ފުރަތަމަ ލައުންޖް ރަސްމީކޮށް ހުޅުވައިފިއެވެ. 

އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވައިދެއްވީ ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އާމިރު މަންސޫރުއެވެ.

އުރީދޫގެ ކްލަބް ޕްރިމިއާ ލައުންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުރީދޫގެ އެސިސްޓެންޓް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބެންހުރި ހުރިހާ ޚިދުމަތްތަކުގެ އިތުރުން ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަރޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއަމް ލައުންޖަށް ވަދެވަޑައިގަނެވޭނެކަމަށެވެ. އަދި ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއިއެކު ހިޔާރުކުރެވޭނެކަމަށްވެސް ނޫރާ ވިދާޅުވިއެވެ.

ކްލަބް ޕްރިމިއާ ލައުންޖް ވެގެންދާނީ އަވަސް އަދި ފަސޭހަ ޚިދުމަތެއް ލިބޭ ކަސްޓަމަރުން މަޑުކޮށްލަން ބޭނުންވާނެފަދަ ހިތްފަސޭހަ ތަނަކަށްކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

ކްލަބް ޕްރިމިއާ ލައުންޖް ހުންނާނީ ބޮޑުތަކުރުފާނުމަގު ހެންވޭރު މާދޫގޭގައެވެ. ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެން މިތަނުން ޚިދުމަތް ލިބެން ހުންނާނެއެވެ.