ޚަބަރު

އަނަސްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 2މީހަކު ހައްޔަރުކޮށްފި


ލިޓަސް ގަރާޖުގެ ތެރޭގައި ހުއްޓާ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ތުނު އެއްޗަކުން ޙަމަލާދީ މަރާލި މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ކޯޓް އަމުރެއްގެ ދަށުން މ.ދިމިޝްޤް ބަލާ ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. 

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން ތޭވީސް އަހަރުގެ ފިރިހެނަކާއި އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖެއް ކަމަށް ފުލުހުންބުނެއެވެ. 

މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ގަލޮޅު ބޯޅަ ދަނޑުކައިރީގައި ހުންނަ ލިޓަސް ގަރާޖު ކައިރީގައި ހުއްޓާ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެެ.