ޚަބަރު

އެމްއެމްއޭގެ ގަވަރނަރު ކަމަށް ހޮވަން ފޮނުވި ނަން ކޮމިޓީން ފާސްކޮށްފި





 


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރނަރު ކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ ޑރ.އަޒީމާ އާދަމް އެމަޤާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.


 
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ސަމީރު ވިދާޅުވީ އެމަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ލަފާ ދޭނީ 75 މާކްސް އަށް ވުރެ މަތިން އެ ބޭފުޅަކަށް މާކްސް ލިބުމުން ކަމަށް ވީއިރު، ޑރ.އަޒީމާ އަށް ހަތްދިހަ ފަހެއް އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވާކަމަށެވެ.


 
 


މީގެއިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ މައުމޫން ހަމީދަށް ރުހުން ދޭން ނުފެންނަށްކަމަށް ވެސް ކޮމިޓީން ނިންމާފައިވާކަމަށް މުޤައްރިރު ވިދާޅުވިއެވެ. އެބޭފުޅާއަށް މާކްސް ލިބިވަޑައިގަތީ ހަތްދިހަ ފަހެއް އިންސައްތައަށް ވުރެ  ދަށުންކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އެބޭފުޅުންގެ ނަންތައް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސްއަށް ފޮނުއްވާނެކަމަށް ސަމީރު ވިދާޅުވިއެވެ.