ތަރައްްޤީ

ޤައުމީ ޔުނިވަރސިޓީގައި ލައިބްރަރީ ދުވަސް ފާހަގަކޮށްފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކުލަގަދަކޮށް ލައިބްރަރީ ދުވަސް ފާހަގަ ކޮށްފިއެވެ. ލައިބްރަރީ ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ދަރިވަރުން ފޮތްކިޔުމަށް އަހުލުވެރިކުރުވާ، އެކަށީގެންވާ ރަގަޅު މަސްދަރުތަކުން މަޢޫލޫމާތު  ހޯދުމަށް ހޭލުންތެރިކުރުވުމެވެ. ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ލައިބްރޭރިއަން މަރިޔަމް އިހުސާނާ ވިދާޅުވީ މިފަހަރު ލައިބްރަރީ ދުވަސް ފާހަގަ ކުރަމުން ދަނީ ދިވެހި ވަންތަ، ދިވެހިންގެ ސަޤާފަތާއި ގުޅޭ ގިނަ ކުޅިވަރުތައް ހިމަނައިގެންކަމަށެވެ. އެގޮތުން ދަރިވަރުން މާދަރީ ބަހަށް އަހުލުވެރިވާ ފަދަ ގިނަ ކުޅިވަރުތައް ހިމަނާފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށްގެންދާ ހަރަކާތްތަކަށް ބަލާއިރު، އެ ޔުނިވާރސިޓީއިން މުޅިން އަލަށް ތަޢާރަފްކުރި ބަހަބޯ ގޭމް ހިމެނެއެވެ. މި ކުޅިވަރަކީ ސޯޅަ ތާނަ އަކުރުން، އެންމެ ގިނަ ބަސް ހަދާ މީހަކު މޮޅުވާގޮތަށް ކުޅޭ ކުޅިވަރެކެވެ. 

މާލޭގެގެ އިތުރުން އަތޮޅުތެރޭގައި ހުރި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ކަމަށްވާ، ހދ.ކުޅުދުއްފުށި، ގދ.ތިނަދޫ، ސ.ހިތަދޫ އަދި ލ.ގަމުގެ ކެމްޕަހުގައިވެސް މި ހަރަކާތް ކުރިއަށް ގެންދެއެވެ. ލައިބްރަރީ ދުވަސް ފާހަގަކުރަމުންދަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ސްޓާފުންނަށް ބައިވެރިވެވޭ ގޮތަށެވެ.