ވިޔަފާރި

ފަސް ރުފިޔާގެ އައު ނޫޓު ބޭނުންކުރަން ފަށައިފި


ފަސް ރުފިޔާގެ އައު ނޫޓު މިއަދު ޢާންމުކޮށް ބޭނުންކުރަން ފަށައިފިއެވެ. 

ފަސްރުފިޔާގެ އައު ނޫޓު ބާޒާރަށް ނެރުމަށް އެމްއެމްއޭގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ފަސް ރުފިޔާގެ އާ ނޫޓު ތަޢާރަފްކޮށްފައިވަނީ މިދިޔަ މޭމަހުގެ ދިހަވަނަ ދުވަހުއެވެ. މިއަދު ނެރުނު ފަސްރުފިޔާގެ އައު ނޫޓާއެކު ކުރިން ބޭނުންކުރަމުން އައި ފަސްރުފިޔާގެ ނޫޓު މިއަހަރުގެ ޑިސެމްބަރު އެއްތިރީހުގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިދިޔަ މަހުގެތެރޭގައި ވަނީ 5 ރުފިޔާގެ އާ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ. 

ފަސްރުފިޔާގެ އާ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގައި މިހާތަނަށް ކުރިން ނުނެރެވާ ހަމައެކަނި ނޫޓެވެ. މި ސީރީޒްގައި ޖުމްލަ 7 ނޫޓު ހިމެނެއެވެ. މި 7 ނޫޓަކީވެސް ކުރިން ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރު ރަނގަޅު އަދި ސަލާމަތީގޮތުން ރައްކާތެރި ގިނަ ފިޔަވަޅުތަކެއް އެކުލެވޭ ޕޮލިމާ ނޫޓުތަކެކެވެ. 

ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް އެމްއެމްއޭއިން ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުނު ރަންޔޫބީލާ ގުޅުވައިގެންނެވެ.