ޚަބަރު

"ކުޅުދުއްފުށީ މަގުތަކުގައި ތާރުއަޅަން ފަށަނީ"


ހދ. ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ. 

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މަގުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކަމަށް އެމްއާރްޑީސީއިން މަޢުލޫމާތުދެއެވެ. އަދި މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގައި 18 މަގެއް ރަނގަޅު ފެންވަރުގައި ތަރައްޤީ ކޮށް ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތުގައި ޖުމްލަ ފަހެއްޕޮއިންޓް އަށެއް ލިކޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީއިން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީ މަގުތައް ރަނގަޅުފެންވަރެއްގައި ހެދުމުގެ މަޝްރޫޢުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މަގުތައް ނިންމައި ސެޕްޓެމްބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެއެވެ.