ޚަބަރު

އަހަރުގެ އެންމެ ދިގު ހަނދު ކޭތަ މާދަމާރޭ


މިއަހަރުގެ އެންމެ ދިގު ހަނދުކޭތަ މާދަމާ ރޭ ހިފާނެއެވެ. 

މާދަމާ ރޭ 8:50 ފެށިގެން މެންދަމު 1:50 އަށް މިކޭތަ ދެމިގެންދާނެއެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނަނެކަމަށް މައުލޫމާތު ލިބެނީ 11:20 ގައެވެ. މިއީ މިއަހަރުތެރޭގައި ހިފާ ދެވަނަ ހަނދުކޭތައެވެ. މިކޭތައަކީ ފަޅިކޭތައެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މާދަމާ ރޭ ކޭތަނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޭތަ ނަމާދުގެ ޚުތުބާ އިސްލާމިކް މިނިސްޓްރީން މިހާރު ރަށްރަށަށް ވަނީ ފޮނުއްވާފައެވެ. ކޭތަ ނަމާދުކުރަން ފަށާނީ މާދަމާ ރޭ ނުވައެއްޖަހާއިރުއެވެ. މާލޭގައި ކޭތަނަމާދުކުރާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައެވެ. ރަށްރަށުގައި ކޭތަނަމާދުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ހުކުރުކުރާ އެންމެ ބޮޑު މިސްކިތެއްގައެވެ.