ސިޔާސީ

މުޅިން އަލަށް 1760 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމްއާ ގުޅިއްޖެ


ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއާ މުޅިން އަލަށް 1760 އަށްވުރެ ގިނަ މެންބަރުން ގުޅިއްޖެއެވެ.

އެމެންބަރުންގެ މެންބަރޝިޕް ފޯމްތަކާއި ހަވާލުވެވަޑައިގަތީ ޕީ.ޕީ.އެމް.ގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

މި އެންމެންނަކީވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީޕީއެމްއާ އަލަށް ގުޅުނު މީހުންނެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ހަވާލުކުރި 1243 މެންބަރުންގެ މެންބަރޝިޕް ފޯމާއި، ށ.ކޮމަންޑޫން އެޕާޓީއާ އަލަށް ގުޅުނު 200 މެންބަރުންގެ ފޯމާއި، ށ.ފޭދޫން އެޕާޓީއާ އަލަށް ގުޅުނު 263 މީހުންނާއި، އއ.މަތިވެރިން، އެ ޕާޓީއާ ގުޅުނު 55 މީހުންގެ ފޯމެވެ.