* ފަހުގެ ތަފްސީލް
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައިހުރި އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި އަލިފާން ރޯވެ ބަޔަކު ފިހިއްޖެއެވެ.
މިރޭ 12:50 ހާއިރު ހިނގި މިޙާދިސާގައި ޖިމުލަ 21 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެތެރެއިން 9 މީހަކު ފަރުވާ ދިނުމަށް މާލެގެނައެވެ. ދެންތިބި މީހުންނަށް ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.
އަނިޔާވި މީހުންގެތެރޭގައި ހިމެނެނީ އިންޑިއާއާއި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލާފައެވެ.
1:42 - އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަލިފާން ކޮންޓްރޯލް ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލިފާން ނިއްވާ މީހުންގެ އެހީތެރިކަން ލިބުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
121:00 - ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ ގިނަބަޔަކު ފިހިއްޖެއެވެ.
އެމްއެންޑީއެފް ގެ އަލިފާން ނިއްވާ މީހުން މިހާރުދަނީ އެސަރަޙައްދުގައި އަލިފާން ނިއްުވުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާދިސާގައި ޖުމްލަ 21 ބިދޭސީއަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކުގެ ޙާލު ސީރިއަސްކަމަށް ޚަބަރުލިބެއެވެ. މިޙާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިރޭ 12:30 ހާއިރު ކަމަށް އެފަރާތުން ބުނެއެވެ.
އަލިފާން ރޯވީ އިމާރާތަކީ ތިން ބުރިއަށް ހަދާފައިހުރި ތަނެކެވެ. މިއިމާރާތުގެ ތިރީ ބުރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައެވެ. މަތީބުރިތައް ބޭނުން ކުރަނީ ބިދޭސީން ދިރިއުޅުމަށެވެ.
img:http://s2.psmnews.mv/images/660x400/15019664915731.jpg|އަނިޔާވި ބައެއް މީހުން ހުޅުމާލޭ ހޮސްޕިޓަލުގއި -
މިޙާދިސާގައި ދިވެއްސަކަށް އެއްވެސް ވަރެއއްގެ ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.