ތަރައްްޤީ

ފުލުހަކަށް ތޫނު އެއްޗަކުން ޙަމަލާ ދީފި


މާފުށީ ޖަލަށް އެއްޗެހިތަކެއް ވަގަށް ވައްދަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ހިފަހައްޓަން އުޅުނު ފުލިހަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ. 

މިރޭ 1:00 ހާއިރު ހިނގި މިޙާދިސާއަކީ، މާފުށީ ޖަލަށް އެއް ޗެހިތަކެއް ވަގަށް ވައްދަން މާލެއިން ދިޔަ ލޯންޗެއް ހުއްޓުވަން ފުލިހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި ދިމާވި ޙާދިސާއެކެވެ. ފުލުހަކަށް ތޫނުއެއްޗަކުން ޙަމަލާ ދިނީ އެލޯންޗުން މޫދަށް ފުއްމާލައިގެން މާފުއްޓަށް އަރަން އުޅުނު މީހެކެވެ. 

ފުލުހުން މަޢުލޫމާތުދޭގޮތުގައި މިޙާދިސާގައި ޒަޚަމްވި ފުލުހުންގެ މީހާވަނީ ކަރެކްޝަނަލް ސަރވިސްގެ އެހީތެރޮކަމާއެކު މާލެގެނެސްފައެވެ. އަދި އޭނާއަށް އައިޖީއެމްއެޗް ގައި މިހާރުދަނީ ފަރުވާ ދެމުންނެވެ. 

މިޙާދިސާގައި މާލެއައި ލޯންޗުން ދަތުރުކުރި 4 މީހަކު ވަނީ ފުލިހުންގެ ބެލުމިގެ ދަށަށް ގެންގޮސްފައެވެ.