ދުނިޔެ

ދުބާއީގެ ޓޯޗް ޓަވަރ ގައި އަލިފާނުގެހާދިސާއެއް ހިނގައިފި


ދުބާއީގެ ޓޯޗް ޓަވަރ ގައި އަލިފާނުގެހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސަގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ދުބާއީ މީޑިއާއިން މަޢުލޫމާތުދެއެވެ. އަލިފާން ރޯވި އިރު، ޓަވަރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު، ދުބާއީގެ ޑިފެންސް ފޯސް އިން ވަނީ ސަލާމަތްކޮށް އިމާރާތުން ބޭރަށް ނެރެފައެވެ.

79 ބުރިގެ ދުބާއީ ޓޯޗް ޓަވަރ އަކީ އެ ޤައުމުގައި މީހުން ދިރިއުޅުމަށް ޚާއްޞަ ކުރެވިފައިވާ އެންމެ ބޮޑު އެއް ޓަވަރެވެ. މި ޓަވަރުގައި މީހުން ދިރިއުޅޭ 676 އެޕާޓްމެންޓް ހުންނަ ކަމަށް މަޢުލޫމާތުލިބެއެވެ.

އަލިފާން ރޯވީ ޓޯޗް ޓަވަރުގެ ނުވަ ވަނަ ބުރީގައި ކަމަށް ދުބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.

މިއީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް އެޓަވަރުގައި ހިނގި ދެވަނަ ފަހަރެވެ.