ޚަބަރު

ޤައުމު ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ- ރައީސް


ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް ޤައުމު ތަރައްޤީ ކުރުމަށް ސަރުކާރާ އެކީ ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު ސިޔާސީ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ހުޅުމާލެ ފެހިރެސް ޕާކު އަދި ފެހިވެނި އިޖްތިމާޢީ މަރުކަޒު ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ކުރިމަތިވެގެން ވެގެން މިއުޅެނީ ޤާނޫނީ މައްސަލަތަކެއް ނޫން ކަމަށާއި ޑިމޮކްރަސީވެސް ނެތިގެން ނޫން ކަމަށެވެ. ރައީސް ޔާމީން ވަނީ ޤާނޫނީ ގޮތުން ހުރި ޚިޔާލު ތަފާތުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބަންޑާރަ ނާއިބާ ސަރުކާރުގެ ލީގަލް ޓީމާ މަޝްވަރާ ކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.