ޚަބަރު

ސިފައިންގެ ބަޔަކު ބަންދު ކުރިކަމަށްބުނާ ވާހަކަ ދޮގުކޮށްފި


ސިފައިންގެ މަރުކަޒުގައި ގިނަ ޢަދަދެއްގެ ސިފައިން ތަޙްޤީޤަށް ބަންދުކޮށްފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ދޮގުކޮށްފިއެވެ. 

އެމް.އެން.ޑީ.އެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް މިރޭ ވިދާޅުވީ، ތަހްގީގަށް ގިނަ ޢަދަދެއްގެ ސިފައިން، ސިފައިންގެ މަރުކަޒުގައި ހައްޔަރުކޮށްފައިވާކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ، ދޮގު ޚަބަރެއްކަމަށެވެ. އާޒިމް ވިދާޅުވީ، އެފަދަ އެއްވެސްކަމެއް ސިފައިންގެ ތެރޭގައި ނުހިނގާކަމަށެވެ.