ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ކ.އަތޮޅުގެ އިތުރު ދެ ރަށެއްގައި ޤާއިމްކޮށްފިއެވެ. 
 
މި ޚިދުމަތް ތަޢާރަފްކުރީ ކ. ދިއްފުށްޓާއި ގުރައިދޫގައެވެ. މިދެރަށުގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ޚިދުމަތައް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް ދިރާގުން ހިލޭ ގުޅައިދޭނެއެވެ. ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ލިބިދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. 
 
ދިރާގުން ފައިބަރ ނެޓްވާރކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ދެމުންދަނީ  މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީގައެވެ. އަދި ކ.ތުލުސްދޫ، ލ. ގަން، ލ. ފޮނަދޫ، ބ. ދަރަވަންދޫގައިވެސް ދިރާގުން އަންނަނީ މި ޚިދުމަތް ފޯރުކޮށްދެމުންނެވެ.